04 Jun 2022, 09:33
އެސްޓީއޯ އިން އިނގިރޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ރަސަލް ހޮބްސް" ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފުޑް އެންޑް ބެވަރެޖް ޝޯގެ ތެރެއިން މި ބްރޭންޑް އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އެމަނިކުފާނު މި ބްރޭންޑް އިފްތިތާހު ކޮށްދެއްވީ ރޭ އެ ޝޯއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
ރަސަލް ހޮބްސް އަކީ ގެއާއި ބަދިގޭގައި ބޭނުންކުރާ ސާމާނުތައް އުފެއްދުމުގައި 70 އަހަރުގެ ތަޖުރިބާ ލިބިފައިވާ އިނގިރޭސިވިލާތުގެ ބްރޭންޑެކެވެ.
''ރަސަލް ހޮބްސްގެ'' ދަށުން އުފައްދާ ތަކެތީގެ ތެރޭގައި:
ރައިސް ކުކަރު
- ސްޓީމާ
- ސްލޯ ކުކަރު
- ގްރިލް
- އެއާ ފްރަޔާ
- އަވަން
- މިކްސަރު
- ސޭންޑްވިޗް މޭކާ
- ކޮފީ މެޝިން
- އިސްތިރި
ރަސަލް ހޮބްސްގެ އުފެއްދުންތައް އާއްމުންގެ މެދުގައި މަގުބޫލުވެފައި ވަނީ އެ ބްރޭންޑުގެ އުފެއްދުންތަކުގެ ޑިޒައިންތައް ތަފާތުވެފައި ރީތިވުމުގެ ސަބަބުންނެވެ.
އެސްޓީއޯއަކީ ރާއްޖޭގައި ރަސަލް ހޮބްސްގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓާއެވެ.
އެ ކުންފުނިން ގަންނަ މި ބްރޭންޑުގެ ތަކެއްޗާއެކު އެއް އަހަރު ދުވަހުގެ ވޮރެންޓީ ލިބޭނެއެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެ ބްރޭންޑުގެ އުފެއްދުންތަކުން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.