04 Jun 2022, 09:05
އެމޭޒަން ކުންފުނީގެ ސަޕްލައި ޗެއިން ބިނާކުރުމުގައި ބޮޑު ރޯލެއް އަދާކޮއްފައިވާ ސީއީއޯ އޮފް ވޯލްޑްވައިޑް ކޮންސިއުމާ ބިޒްނަސް, ޑޭވް ކްލާކް އެ މަގާމުން އިސްތިއުފާ ދޭން ނިންމިކަން އިއުލާންކޮށްފިއެވެ.
ޑޭވް ކްލާކް 23 އަހަރު ވަންދެން އެމޭޒަންގައި މަސައްކަތް ކުރުމަށް ފަހު އިސްތިއުފާ ދޭން ނިންމީ އޭނާއަށް ލިބިފައިވާ އެހެން ފުރުސަތުތަކުގެ ބޭނުން ހިފުމަށްޓަކައި ކަމަށް އޭނާ ސޯޝަލް މީޑިއާގައި ހިއްސާކުރި މެމޯއެއްގައި ބުނެފައިވެއެވެ.
"އަހަރެން އެމޭޒަން އިން ވަކިވުމާ ބެހޭ ގޮތުން އަހަރެންގެ އާއިލާއާއި ގާތް އެހެން މީހުންނާ މަޝްވަރާ ކުރިން. އެމޭޒަންއާ ވަކިވުމުގެ ވަގުތު އައިސް ޖެހިއްޖެކަން އިހުސާސް ކުރެވިއްޖެ! މުސްތަގުބަލުގައި ޓީމަށް އެދެނީ ކާމިޔާބީ،" އޭނާ ކޮށްފައިވާ ޓްވީޓެއްގައި ވެއެވެ.
I've had an incredible time at Amazon but it’s time for me to build again. It's what drives me. To all I've had the honor of working with: thank you for making it so much fun to come to work every day for 23 years to invent cool, amazing things for customers.
Email to team belowpic.twitter.com/c8Ao46VvaJ— Dave Clark (@davehclark)
ކްލާކްއަކީ 1999 ވަނަ އަހަރުން ފެށިގެން އެމޭޒަންގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. މީގެ ކުރިން އޭނާ ހުރި މަގާމުތަކުގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނިން ހިންގާ އޮޕަރޭޝަންތަކުގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ކަމާއި ދުނިޔޭގެ އޮޕަރޭޝަންތަކުގެ ވައިސް ޕްރެޒިޑެންޓްގެ މަގާމު ހިމެނެއެވެ.