03 Jun 2022, 13:43
ތިން ރަށެއްގެ ސްކޫލްތަކުގައި އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓްތައް ހަރުދަނާކުރުމުގެ ބިންގާ އަޅައިފިއެވެ.
ޔުނިޓްތައް އަޅަން ހަމަޖެހިފައި ވަނީ، ހއ. ދިއްދޫގައި ހުންނަ ހއ. އޭއީސީއާއި ގދ. ތިނަދޫގައި ހުންނަ އަބޫބަކުރު ސްކޫލުގެ އިތުރުން ލ. ގަމުގައި ހުންނަ އިހައްދޫ ސްކޫލުގައެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު އޮތީ އިއްޔެ ހއ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.
މި މަޝްރޫއަށް އިންޑިއާއިން 4.6 މިލިއަން ރުފިޔާގެ ހިލޭ އެހީ ވަނީ ހަމަޖައްސައިފައެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން ތިން ސްކޫލެއްގެ އިންކްލޫސިވް ސަޕޯޓް ޔުނިޓް އެޅުން އިފްތިތާހު ކުރުމުގެ ތެރެއިން --
އިންޑިއާގެ 260 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި 45 އަށްވުރެ ގިނަ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ދަނީ ހިންގަމުންނެވެ.
މީގެ ތެރެއިން ގާތްގަނޑަކަށް 20 ވަރަކަށް މަޝްރޫއު ނިންމާ އިފްތިތާހު ކޮށްފައިވެއެވެ.