ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓު އުވާލައިފިއެވެ.

ޕީއެސްއެމްގެ ހިއުމަން ރިސޯސް ޑިރެކްޓަރު ސޮއި ކުރައްވައި އިންޓާނަލް އޮޑިޓަރު އަޙުމަދު ފަޒީލަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ 636 ވަނަ ބައްދަލުވުމުން އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓު އުވާލުމަށް ނިންމާފައިވާ ކަމަށެވެ. އެފަދައިން ބޯޑަށް ހުށަހެޅީ އެ ކުންފުނީގެ އޮޑިޓް ކޮމިޓީންނެވެ.

އެ ސިޓީގައި ވަނީ އެ ޑިޕާޓްމަންޓުގެ މަސްއޫލިއްޔަތު އައުޓްސޯސްކޮށް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

އިންޓާނަލް އޮޑިޓަރު ވަޒީފާއިން ވަކިކުރަން ނިންމީ ތިން މަހުގެ މުސާރަ ދިނުމަށްފަހުއެވެ.

ޕީއެސްމްއެމް އިން އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލަން ނިންމީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.