01 Jun 2022, 09:27
ސަފާރީއެއްގެ ކަފުގައި އޮތް ދޯންޏެއް ކަނޑައިގެން ގޮސް ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ގެއްލިގެން ހޯދަނީ މާލެއިން ފުރައިގެން ނ. ސޮނެވާ ޖާނީއަށް ދަތުރުކުރި ސަފާރީއެއްގެ ކަފުގައި އޮތް "މާކޯނި" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ.
ރޭ 10:35 ހާއިރު މި ދޯނި ގެއްލިފައި ވަނީ ޅ. ކުރެންދޫގެ މޭލެއް ބޭރުންނެވެ.
ފަރުމަސްވެރިކަން ކުރާ މި ދޯނީގައި ހުންނާނީ 23 ފޫޓު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މީގެ އިތުރުން އެމްއެންޑީއެފްއިން ބުނީ، އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއާއި ދޯނީގެ ވެރިފަރާތުން ގުޅިގެން، ދޯނި ހޯދުމުގެ މަސައްމަތް ކުރަމުން ދާކަމަށެވެ.
އެހެންކަމުން މި ދޯނީގެ އެއްވެސް ޚަބަރެއް ވޭތޯ، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކާއި އެ ހިސާބުގެ ރަށްތަކުން ބަލައިދިނުމަށް ކޯސްޓްގާޑުން ވަނީ އެދިފައެވެ.
މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކޮށް ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ނުވަތަ 3398898 ފޯނަށް ގުޅުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.