31 May 2022, 23:22
ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓްގެ ދަށުން ހިންގަމުންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އިތުުރު ފުރުސަތުތައް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން ހުޅުވާލައިފިއެވެ.
އެގޮތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އިތުުރު ފުރުސަތުތައް ހުޅުވާލުމަށްޓަކައި އިއްޔެ ވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ޕީއެސްއެމް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ޢަލީ ޚާލިދެވެ.
މި ޕްރޮޖެކްޓުގެ މައިގަނޑު މަޤްސަދަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދުމަށް މަގުފަހިކޮށްދިނުމެވެ. އަދި ކަނޑައެޅިފައިވާ އެކި ދާއިރާތަކުން ފަންނީ ޤާބިލުމީހުން ބިނާކޮށް، ވަޒީފާގެ މައިދާނަށް ނިކުންނަ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ބޭނުންވާނެ ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތުތަކެއް އެ
މީހުންނަށް ފަހިކޮށްދިނުމެވެ.
އެ ޕްރޮގްރާމްގެ ދަށުން ޕީއެސްއެމްއިން ހިންގުމަށް ހަމަޖެހިފައިވާ އެޕްރެންޓިސްޝިޕްގެ ފުރުސަތުތަކަކީ:
އެސިސްޓެންޓް ޕްރެސެންޓާ ޕްރޮޑިއުސާ
އެސިސްޓަންޓް ޓީވީ ޕްރޮޑިއުސާ
ޖާނަލިސްޓް/ ނިއުސް ކާސްޓާ
މި ޕްރޮގްރާމްތަކަށާއި އަދި މި ޕްރޮޖެކްޓުގެ ދަށުން ހިންގާ އިތުރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ޖޮބް ސެންޓާ ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވިފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.