ޓްރީ ޓޮޕް ހޮސްޕިޓަލުގެ "ހިތާނީ ކޭމްޕް 2022" އަންނަ މަހު ފަށަން ނިންމައިފިއެވެ.

އެ ހޮސްޕިޓަލްގެ ހިތާނީ ކޭމްޕް އޮންނާނީ އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ އެއްވަނަ ދުވަހާ ހަމައަށެވެ. ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު އެ ކޭމްޕް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ ހިތާނީ ކޭމްޕުގައި ބައިވުމަށް ނަން ނޯޓުކުރުން މިހާރު ވެސް ހުޅުވާލާފައިވާކަމަށެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހުވަގުތަކީ ޖުލައި މަހުގެ 16 ވަނަ ދުވަހެވެ.

ހިތާނީ ކޭމްޕްގައި ބައިވެރިވުމަށް 3351610 އަށް ގުޅުއްވައިގެން ނަންނޯޓުކުރެވޭނެއެވެ. ހިތާނީ ޕެކޭޖްގެ އަގަކީ އާސަންދައަށް ކެނޑުމަށްފަހު 4000 ރުފިޔާއެވެ. އަދި ކޮޓަރި އަޕްގްރޭޑް ކުރުމަށް ބޭނުންވާނަމަ ޕްރައިވެޓް ކޮޓަރިތަކަށް ޚާއްސަ އަގުތަކެއް އެކުލަވާލާފައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް 2022 އިތުރަށް ފުޅާކުރެވި އަށް ޑޮކްޓަރުން މިއަހަރު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިއަހަރު ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ޚާއްސަ ޑޮކްޓަރުން، ޑރ. ޢަބްދުﷲ އުބައިދު، ޑރ. އައިޝަތު އަޒްނާ، ޑރ. އިބްރާހީމް މޫމިން، ޑރ. މައުމޫން އާސިމް، ޑރ. ރިޝީ ކާންތް އާރިޔަލް، ޑރ. މުޙައްމަދު ޝަރީފް، ގެ އިތުރުން ކުޑަކަމުދާ ނިޒާމުގެ ޚާއްސަ، ޑރ. މެހްމެތު އޯޑާ އަދި ޑރ. ޢަބްދުﷲ އަދުސަރު ހިމެނިވަޑައިގަންނަވައެވެ.

މިއަހަރުގެ ހިތާނީ ކޭމްޕް އެއް މަސް ދުވަހަށް ފުޅާކުރެވި 200 އަށްވުރެން ގިނަ ކުދިންނަށް ވަނީ ޖާގަ ހުޅުވާލާފައެވެ.

އިތުރު މަޢުލޫމާތު ހޯދެއްވުމަށް ޓްރީ ޓޮޕްގެނަންބަރަށްނުވަތައީމެއިލްއަށް މެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.