31 May 2022, 12:28
މިދިޔަ ހަފުތާގައި އަތޮޅު ތެރެއަށް ވުރެ މާލޭގައި ކޮވިޑް ޖެހުނު މީހުން ގިނަ ކަމަށް ހެލެތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ ހަފުތާގައި މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 91 މީހުންނެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން 40 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އަތޮޅުތެރެއިން ޕޮޒިޓިވްވެފައި ވަނީ 24 މީހުންނެވެ. އަދި އެހެނިހެން ސަރަހައްދުތަކުން 27 މީހުންނެވެ.
މިދިޔަ ހަފުތާގެ ހޯމަ ދުވަހާއި ހުކުރު ދުވަހު އަތޮޅު ތެރެއިން އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.
މިިމަހުގެ 15 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 102 މީހުންނެވެ.
އެގޮތުން، އެ ހަފުތާ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 25 މީހުންނެވެ. އަދި އަތޮޅުތެރެއިން 58 މީހުން ޕޮޒިޓިވްވި އިރު، އެހެނިހެން ސަރަހައްދުތަކުން 19 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 179،753އަށް އަރާފައެވެ. މި ބަލީގައި މިހާތަނަށް 299 މީހަކު ވަނީ މަރުވެފައެވެ.