އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ)ގެ އޮތަރައިޒްޑް ޓްރެއިނިން ސެންޓަރަކަށް ރާއްޖޭގެ އެންމެ ބޮޑު އެއް ޕްރައިވެޓް ކޮލެޖް ކަމަށްވާ އެވިޑް ކޮލެޖް މިއަދު ހަމަޖައްސައިފިއެވެ.

މިކަމަށްޓަކައި އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮލެޖަށް ސެޓިފައިޑް ލިޔުން ހަވާލުކޮށްދެއްވީ ސައުތު އޭޝިޔާ ރީޖަންއަށް "އަޔާޓާ" އިން ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ޓްރެއިނިން ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖާ ލޮކޭޝް މައްޓާއެވެ. އަދި އެވިޑް ކޮލެޖްގެ ފަރާތުން ސެޓްފިކެޓާ ހަވާލުވީ ކޮލެޖްގެ ޗެއާމަން ޢަބްދުﷲ މުސްތާޤް ރަޝާދެވެ.

އަޔާޓާގެ އޮތަރައިޒްޑް ޓްރެއިނިން ސެންޓަރަކަށް އެވިޑް ކޮލެޖް ހަމަޖެއްސުމަށް މިއަދު އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --