ފުވައްމުލަކުގައި ތެޔޮ ހުސްކުރި ފީފާއެއްގައި އަލިފާން ރޯވެ، މީހެއްގެ ހަށިގަނޑުން ބޮޑު ބައެއް ފިހިއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ގޭސް ކަޓަރެއް ބޭނުން ކޮށްގެން މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

މިހާދިސާގައި އަނިޔާ ލިބިފައިވަނީ އެ މަސައްކަތް ކުރަން އުޅުނު ބަންގުލަދޭޝްގެ ރައްޔިތަކަށެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު، މުޙައްމަދު ޟިރާރު، "ސަން"އަށް ވިދާޅުވީ މި ހާދިސާގައި އަނިޔާ ލިބުނު ދެ މީހަކު ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

"އެތަނުން އެކަކުގެ ކަނާއަތަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައި ހުރީ. ދެވަނަ މީހާގެ ހަށިގަނޑުން ބޮޑު ބައެއް ވަނީ ފިހިފައި. އޭގެ ޕަސެންޓޭޖު އަދި ބުނަން ދަތި،" ލިރާރު ވިދާޅުވިއެވެ.

ލިރާރު ވިދާޅުވީ ހަށިގަނޑުން ބޮޑު ބައެއް ފިހިފައިވާ މީހާގެ ހާލު ކޮންމެވެސް ވަރަކަށް ސީރިއަސް ކަމަށެވެ. ނަމަވެސް އެމީހާއަށް އައިސީޔޫގައި ފަރުވާދޭ ވަރު ނުވާ ކަމަށާއި އެމީހާ ވާހަކަ ވެސް ދައްކާ ކަމަށް އޭނާ ވިދާޅުވިއެވެ.