ދިރާގު ހައި ސްޕީޑް ފައިބާ ބްރޯޑްބޭންޑާއި ދިރާގު ޓީވީގެ ޚިދުމަތް ވ.ރަކީދޫގައި ދޭން ފަށައިފިއެވެ.

މިއަދު އެރަށުގައި އެ ޚިދުމަތްތައް އިފްތިތާހު ކޮށްފައިވަނީ ޚާއްޞަ އޮފާތަކަކާ އެކުގައެވެ. އެގޮތުން، ފައިބާގެ ޚިދުމަތަށް އެދި ހުށަހަޅާ ފަަރާތްތަކަށް ހިލޭ ގުޅައިދިނުމުގެ ޚިދުމަތް ލިބޭނެއެވެ. އަދި ފައިބާއަށް ބޭނުންވާ ޚާއްޞަ ރައުޓަރު (އޯއެންޓީ)ވެސް ހިލޭ ލިބޭނެއެވެ.

މީގެ އިތުރުން ދިރާގު ޓީވީގެ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް ވެސް ހިލޭ ގުޅައިދިނުމުގެ ޚިދުމަތާއެކު، ޖޯއިބޮކްސް (ޑީކޯޑަރު) ވެސް ހިލޭ ލިބޭނެއެވެ.

ރާއްޖޭގެ އެންމެ ބޮޑު ފައިބާ ބްރޯޑްބޭންޑް ނެޓްވޯކް ކަމަށްވާ ދިރާގުގެ ފައިބާ ބްރޯޑްބޭންޑްގެ ޚިދުމަތް މިހާރު 80 ރަށެއްގައި ދެމުން އެބަ ދެއެވެ. އެއާއެކު ރާއްޖޭގެ ގޭބީސީތަކުގެ 82 އިންސައްތައިން އެ ޚިދުމަތް ބޭނުންކުރެއެވެ.

ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޚިދުމަތްދޭ އައިޕީޓީވީ ޚިދުމަތެވެ. އެ ޚިދުމަތްވެސް 82 އިންސައްތަ ގޭބީސީއަށް ދިރާގުން ފޯރުކޮށްދެއެވެ.