22 Mar 2012, 18:56
ވަގު ކޭޝްކާޑް ބޭނުންކޮށްގެން ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނަގަމުންދިޔަ މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ވަކު ކޭޝްކާޑް ބޭނުންކޮށްގެން އެކައުންޓުތަކުން ފައިސާ ނަގަމުން ދާކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހެޅުފައިވަނީ ސެޕްޓެމްބަރު 20 ،2011 ގައެވެ. ފުލުހުން ބުނީ އެ މައްސަލައިގައި ހިމެނޭ ފަސް މީހުންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ މިމަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
ނަމަވެސް ޕީޖީ އަށް ފޮނުވީ ކޮން ފަސް މީހެއްގެ ނަމެއް ކަމެއް ފުލުހުން މިއަދު ހާމައެއް ނުކުރެއެވެ.
އެ މައްސަލައާއި ގުޅިގެން މިދިޔަ އަހަރު ފުލުހުން އިންޑިއާއިން ހައްޔަރުކުރުކޮށްފައި ވަނީ މއ. ކަނޑޫގޭ އަލީ އަހުމަދު 28، އެވެ. އަދި އަލީ އަހުމަދުގެ ކޮއްކޮ އަބުދުﷲ އަކްރަމް 22، ވެސް ފުލުހުން ވަނީ އެ މައްސަލައިގައި ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮންތާކުން ކަމެއް ފުލުހުން ނުބުނެއެވެ.
ފުލުހުން ބުނީ އެ ފަސް މީހުން ފުލުހުން ހައްޔަރު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ދިވެހި ފުލުހުންނާއި ސްރީލަންކާގެ ފުލުހުން ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަނުގައި ފުލުހުން ވަނީ އެމީހުން ދިރިއުޅޭ ކޮޓަރިތެރެއިން ކުރެޑިޓް ކާޑު ތަކަކާއި ކާޑު ތައްޔާރުކުރަން ބޭނުންކުރާ އާލާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ އަގު ބޮޑެތި އިލެކްޓްރޯނިކްސް ސާމާނާއި އެމެރިކާ ޑޮލަރާއި ލަންކާ ރުޕީސް ވެސް ހޯދާފައެވެ.