22 Mar 2012, 16:54
ބްރޯޑްކާސްޓް ކުރާ ކޮންޓެންޓް ފޮނުވުމުގެ ކުރިން ކޮންޓެންޓަށް ޒިންމާވާނީ ވަކި ފަރާތެއްކަން ބަޔާންކޮށް ކޮންޓެންޓް ނޮފޮނުވޭނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.
ބައެއް ޓީވީތަކަށް ވަޑައިގަންނަވާ ސިޔާސީ ބޭފުޅުން ޕްރޮގްރާމްތަކުގައި ވާހަކަފުޅު ދެއްކެވުމުގެ ކުރިން އެބޭފުޅަކު ދެއްކި ވާހަކައަކަށް ޒިންމާވާންޖެހޭނީ އެ ވާހަކައެއް ދެއްކި ފަރާތުން ކަމަށް ބުނަމުންދާތީ ބްރާޑްކާސްޓިން ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާގައި ބުނެފައި ވަނީ ބްރޯޑްކާސްޓަރަކު ފޮނުވާ ކޮންމެ ކޮންޓެންޓަކަށް ޒިންމާވާންޖެހޭނީ އެ ބްރޯޑްކާސްޓަރަކު ކަމަށެވެ. ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތުން އެކަމުގެ ޒިންމާ ނަގަން ޖެހޭނީ މިމަގުގެ 15 ވަނަ ދުވަހު ގެޒެޓް ކުރި ބްރޯޑްކާސްޓްކުމުގެ ގަވާއިދުގެ ދަށުން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.
ބްރޯޑްކާސްޓްކުމުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ބުނަނީ ލައިސަންސް ދޫކޮށްފައިވާ ފަރާތަކުން ބްރޯޑްކާސްޓްކުރާ ކޮންމެ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރުމުގެ ޒިންމާ އުފުލަންވާނީ ލައިސަންސް ލިބިފައިވާ ފަރާތުންނެވެ.