ސަލާމަތީ ބާރުތަކަށާއި ފުލުހުންނަށް ހަމަލާދީ، މާލޭގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރާ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުންގެ އޯގަނައިޒް ކުރައިމް ޑިޕާޓްމަންޓުން ހޯދަން އިއްޔެ އިއުލާންކޮށްފައި ވަނީ ހ. ހެދޭތުނޑި ޝިއާން ޝަފީގް (ޝިޔަޅޭ) އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޝިޔަޅޭ ހޯދަން އިއުލާން ކުރީ މާލެތެރޭގައި މިހާރު ހިންގާ ހަމަނުޖެހުންތަކާ ގުޅިގެންނާއި ފުލުހުންނާ ސިފައިންނަށް ހަމަލަދީ މަޖިލިސް ހުޅުވި ދުވަހު ހިންގި ހަމަނުޖެހުންތަކުގައި ވެސް މަގުމަތީގައި ތޫނު ހަތިޔާރު ހިފައިގެން މީހުންނަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ކަމަށެވެ.

މާރާމާރީއާ ތަފާތު ކުށުގެ ރެކޯޑް އޮންނަ ޝިޔަޅޭ އަކީ ފުލުހުންގެ ތަހުގީގަގަށް ކުރިން ވެސް ހޯދަމުން އަންނަ މީހެކެވެ.