26 May 2022, 18:01
ރިސޯޓެއް ތަރައްގީ ކުރަން ދޫކޮށްފައިވާ ޅ. މާބިންހުރާ ނެރުމައްޗަށް ދޯންޏެއް އުރިއްޖެއެވެ.
އެރަށުގެ ނެރުމައްޗަށް އުރިފައި ވަނީ "އުއްމީދު" ނަމަކަށް ކިޔާ ދޯންޏެކެވެ.
އެމްއެންޑީއެފްއިން މައުލޫމާތުދީފައިވާ ގޮތުގައި މި ހާދިސާ ރިޕޯޓުކޮށްފައިވަނީ މިއަދު 11:55 ހާއިރު ކަމަށެވެ.
މާބިންހުރާ ނެރުމައްޗަށް ދޯނި އުރީ މ. މުލީ ކަނދުފަތިން މަސް ބާނައިގެން ޅ. މާބިންހުރާއަށް ދަތުރުކުރަނިކޮށް، ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
މި ހާދިސާ ހިނގިއިރު "އުއްމީދު" ދޯނީގައި ތިބީ 10 ދިވެހީންނާއި އެއް ބިދޭސީ ފަޅުވެރިއެކެވެ. އަދި މިހާދިސާގައި އެއްވެސް ފަޅުވެރިއަކަށް އަނިޔާ ލިބިފައެއް ނުވެއެވެ.
މިވަގުތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.