24 May 2022, 13:47
ރާއްޖެއިން މީގެ ކުރިން ނުފެންނަ ބާވަތެއްގެ ދޫންޏެއް ފެނިއްޖެއެވެ.
އެންވައިރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިއަދު ބުނީ އެ ދޫނި ފެނިފައި ވަނީ މިދިޔަ ހުކުރު ދުވަހު ލ. ހިތަދޫއިން ކަމަށެވެ.
ވައިޓް ސްޓޯކް ނަމަކަށް ކިޔާ އެ ބާވަތުގެ ދޫނި މީގެ ކުރިން ރާއްޖެ އިން ފެނުނު ކަމަށް ރިކޯޑްކޮށްފައި ނުވާ ކަމަށް ވެސް އީޕީއޭ އިން ވަނީ ބުނެފައެވެ.
ފިނި މޫސުމުގައި އަވައްޓެރި އިންޑިއާގެ ދެކުނުން މަދުން ފެންނަ އެ ދޫނި ކޮންމެވެސް ވަރަކަށް ލަންކާއިން ވެސް ފެނެއެވެ.
މާކަނާއާ ވައްތަރު ގޮތެއް ހުންނަ، ބޮޑު މިނުގައި 100 އާއި 115 ސެންޓިމީޓަރު ހުންނަ ވައިޓް ސްޓޯކްގެ އާބާދީ ކުރިން އޮތް މިންވަރަށް ވުރެ މިހާރު މަދުވެފައިވާއިރު، ބޮޑެތި އާބާދީތައް މިހާރު މައިގަނޑު ގޮތެއްގައި ފެންނަނީ ސްޕެއިން އާއި ޕޮލެންޑުންނެވެ.
މި ދޫނިތައް މައިގަނޑު ގޮތެއްގައި ކަނީ ކުދި ދޫނިތަކާއި ކަނޑުމަހާއި ކުދި ސޫފާސޫފިއެވެ. ރެޕްޓައިލްސްއާއި މަހާއި ބިސް ވެސް ކައި އުޅެއެވެ. ވައިޓް ސްޓޯކް ދިރިއުޅެނީ ހުޅުވިފައިވާ ތެތްބިންތަކާއި ދަނޑުބިންތަކުގައެވެ.