މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި، މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ މާފަންނު އުނިގަސްމަގުގައި ހުރި ގެއެއްގައި ގޭސްފުޅިއެއް ގޮވައި، މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ފިރިހެންމީހާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިނުވާކަމަށް ފުލުހުން ބުންޏެވެ.