ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރާނެ މަސައްކަތެއް ނެތިގެން މިއަދުވެސް މަޖިލިސް ނިންމާލައިފިއެވެ.

މިއަދު ބޭއްވި ރައްްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށްގެންދިޔައީ ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމާ ސުވާލުކުރުމުގެ މަސައްކަތެވެ.

މެންބަރުންނަށް ސުވާލުކުރުމަށް ފުރުޞަތު ދިނުމަށްފަހު މިއަދުގެ މަޖިލިސް ނިންމާލައިފައިވަނީ ކުރާނެ އިތުރު މަސައްކަތެއް ނެތިގެންކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

އިއްޔެގެ ޖަލްސާއެކޭ އެއްގޮތަށް މިއަދުގެ މަޖިލީހުގެ ޖަލްސާވެސް ކުރިއަށް ގެންދިޔައީ އެންމެ 35 މިނެޓަށެވެ.

މަޖިލީހުގައި ޖުމްލަ 85 މެންބަރުން ތިއްބަވާއިރު ކޮންމެ މެންބަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކަށް ލިބޭ މިންވަރު 80،000އަށް ވުރެ އިތުރެވެ.