16 May 2022, 00:42
ދިވެހި ފުޓުބޯޅައިގައި ކުރިއަރަމުން އަންނަ ޒުވާން ކޯޗު ސޮބާހު މުޙައްމަދު ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.
ޕީޕީއެމްއިން މިރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގައުމީ ފުޓުބޯޅަ ޓީމަށް 12 އަހަރު ދުވަހު ކުޅެދިން ސޮބާހު އެ ޕާޓީއާ މިރޭ ގުޅިފައިވާ ކަމަށެވެ.
ސޮބާ ޕީޕީއެމްއަށް ސޮއިކުރުމުގެ ކުރިން އެއްވެސް ވަރަކަށް ސިޔާސީ ދާއިރާއިން ފެނިފައެއް ނުވެއެވެ.
މީގެ ހައެއްކަ އަހަރު ކުރިން ކުޅުން ހުއްޓާލުމަށް ފަހު ސޮބާ އަންނަނީ ކޯޗުކޮށްދެމުންނެވެ. އޭނާ ވަނީ ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުލަބުތަކަކަށް ކޯޗު ކޮށްދީފައެވެ. އޭގެތެރޭގައި ނިއުރޭޑިއެންޓާއި ކުލަބު ވެލެންސިއާ ހިމެނެއެވެ.
2008 vana aharuge SAFF Championship ge thashi raajjeah hoadhaidhin qaumee football teamge defence line ge enme muhinmu eh than'bu, gaumee football team ah 12 aharu kulhefaivaa, mihaaru aramun anna zuvaan coach Sobah Mohamed mirey PPM ah soi koffi
Marhaba Sobah#MavesPPMpic.twitter.com/DUCricBO5n— Progressive Party of Maldives (@ProgressPartyMV)May 15, 2022
ސޮބާގެ އިތުރުން އައްޑޫ ސިޓީ މަރަދޫގައި ވަރަށް އިސްކޮށް އެމްޑީޕީގައި ހަރަކާތްތެރިވެފައިވާ އަލީ ޝަހީމް ވެސް ވަނީ އެ ޕާޓީއަށް ސޮއިކޮށްފައެވެ.
އެ ދެ މީހުން ސޮއިކުރުމަށްފަހު ފޯމު ހަވާލުކޮށްފައިވަނީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއެވެ.