މާފަންނު ހޮޓެލް އެލިޔާ ކުރިމަތީގައި ހުންނަ ކޮކާ ކޯލާ ކުންފުނީގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ މާފަންނުކޮޅުގައި ހުންނަ ހޮޓެލް އެލިޔާގެ ކުރިމަތީގައި ހުންނަ އެ އިމާރާތުން ދުން އަރަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުމާ ގުޅިގެން އެ ސަރަހައްދަށް ފަޔާ ޓީމް ގޮސް ބެލިއިރު ކޯލާ ކުންފުނީގެ ގުދަން ތެރޭގައި ވަރަށް ބޯކޮށް ދުން އެކުލެވިފައިވާ ކަމަށެވެ.

ނަމަވެސް އެތަނުގެ ތެރެއިން އެއްވެސް ވަރަކަށް އަލިފާން ފެނިފައިނުވާތީ އެތަނުގެ ތެރޭގައި ޖަމާވެފައިވާ ދުންތައް ނެރުމުގެ މަސައއްކަތް ފަޔާ ޓީމުން ކުރަމުން އަންނަ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ މ. ފެހި ގޭގައި ހުރި އެ އެގުދަނުގައި ހިނގީ ކިހާވަރެއްގެ އަލިފާނުގެ ހާދިސާއެއް ކަން އަދި އެނގިފައިނުވާ ކަމަށެވެ.