މިދިޔަ އަހަރު މާލެއަށް ވަރަށް ވިއްސާރަ ހުކުރުދުވަހެއްގައި، ވައިގަދަވެ ހެންވޭރު ގޯއްޗެއްގައި ހުރި ނިކަގަހެއް މަގުމައްޗަށް ވެއްޓުނެވެ. ބޮޑު ގަސް ވެއްޓުނީ ގޯތީގެ ފާރުގެ ބަޔަކާވެސް އެކުގައެވެ. އަދި އެ ފާރު ދަށުވެ، މަގުމަތީގައި ހުރި ހަތަރު ސައިކަލަކަށް ގެއްލުން ވިއެވެ. ކުއްލިއަކަށް ކުރިމަތިވި ބޮޑު ގެއްލުމެކެވެ. ވައިގަދަވެ، މަގުމަތީގައި ހުންނަ ބޮޑެތި ގަސް މުލުން ލުހި މަގުމައްޗަށް ވެއްޓުމަކީ މާލޭގައި މިހާރަކަށް އައިސް އާއްމުކޮށް ހިނގާ ކަމެކެވެ. މި މަހުގެ ތެރޭގައި އެކަނި ވެސް މިފަދަ ދެ ހާދިސާއެއް ހިނގައިފިއެވެ. އިއްތިފާގުން ކައިރީގައި އުޅަނދެއް ޕާކުކޮށްފައި ހުރި ނަމަ ގެއްލުމެއް ނުލިބި ސަލާމަތްވުމަކީ ވަރަށް ނާދިރު ކަމެކެވެ.

އިތުރު ހާދިސާއެކެވެ. މީގެ އަހަރުތަކެއް ކުރިން މާލޭގައި އިމާރާތަކުން އެލުމިނިއަމް ކުޑަދޮރެއް މަގުމައްޗަށް ވެއްޓި ޖެހުނީ ދުއްވަމުން ދިޔަ ސައިކަލެއްގައެވެ. އިމާރާތްތަކުން މަގުމައްޗަށް އެއްޗެހި ވެއްޓުމަކީ ވެސް މާލޭގައި އާންމުކަމެކެވެ. ކުޑަ ރަށަކަށް ވެފައި، އާބާދީއާ އެއްވަރަށް އިތުރަށް ބިން ބޮޑުކުރެވެން ނެތުމުން އިމާރާތްތައް ގިނަވެ، ގަސް އިންދާ ޕޮޓާއި ކުޑަދޮރުގެ ފްރޭމާއި ބިއްލޫރި ފަދަ ތަކެތި ވެއްޓި މީހުންނާއި ދުއްވާ އެއްޗެއްސަށް ގެއްލުންވެއެވެ.

ރާއްޖޭގައި ދުއްވާ ކޮންމެ އިންޖީނުލީ އުޅަނދަކަށް ތާރޑް ޕާޓީ މޮޓޯ ނެގުން ލާޒިމުވެފައި އޮތަސް، މިފަދައިން އެއްޗެއް ވެއްޓި، އަމިއްލަ ސައިކަލަށް ގެއްލުމެއް ލިބުނަސް އެއީ ބަދަލު ލިބޭ ކަމެއް ނޫނެވެ. ތާރޑް ޕާޓީ މޮޓޯއަކީ ތިބާގެ އިހުމާލުން އުޅަނދު ދުއްވުމުގެ ތެރޭގައި އެހެން ފަރާތެއްގެ ހައްޓަށާއި އުޅަނދަށާއި މުދަލަށް ލިބޭ ގެއްލުމަކަށް ދޭ ކަވަރޭޖެކެވެ.

މިފަދަ ނުރައްކާތަކުގެ ހައްލަކީ ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނެކެވެ. ތިމާގެ ސައިކަލު ނުވަތަ އުޅަނދާ ހެދި އެހެން މީހަކަށް ނުވަތަ އެމީހެއްގެ އުޅަނދަށް ލިބޭ ގެއްލުމުގެ ބަދަލު ދޭ ތާޑް ޕާޓީ ކަވަރޭޖުގެ އިތުރުން، ތިމާގެ އަމަލެއްގެ ސަބަބުން ނުވަތަ އެހެން ވެސް ސަބަބަކާ ހެދި އަމިއްލަ އުޅަނދަށް ލިބޭ ގެއްލުންތަކުގެ ކަވަރޭޖު، ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނުން ލިބޭނެއެވެ. ގަހެއް ވެއްޓި ނުވަތަ އިމާރާތްތަކުން ވެއްޓޭ އެއްޗަކާ ހެދި އުޅަނދަށް ލިބޭ ގެއްލުން ނުވަތަ އަލިފާނުގެ ހާދިސާއަކާއި ގުޅިގެން ނުވަތަ އެކްސިޑެންޓެއް ވެގެން ނުވަތަ މީހަކު ގަސްދުގައި ދޭ ގެއްލުމަށް ވެސް ކަވަރޭޖު ލިބޭނެއެވެ. އުޅަނދަށް އެކަންޏެއް ނޫނެވެ. ތިމާއަށް ލިބޭ ޖިސްމާނީ އަނިޔާ ނުވަތަ ޒަޚަމަކަށް ވެސް ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނުން ކަވަރޭޖު ފޯރުކޮށްދެއެވެ.

ރާއްޖޭގެ އެންމެ ފުރިހަމަ ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރަންސް ފޯރުކޮށްދެނީ އެލައިޑް އިންޝުއަރަންސުންނާއި އެކުންފުނީގެ އިސްލާކް ވިންޑޯ؛ އަޔާދީ ތަކާފުލްއިންނެވެ. ހާއްސަކޮށް މި ރަމަޟާން މަހުގެ ތެރޭގައި ފެށި އެލައިޑްގެ މޮޓޯ ކެމްޕޭނުގެ ދަށުން ހުރިހާ ބާވަތެއްގެ އުޅަނދަކަށް ވެސް ކޮމްޕްރެހެންސިވް ޕްލޭން ޑިސްކައުންޓް އަގެއްގައި ލިބޭނެއެވެ. އެގޮތުން އަންނަ މޭ މަހުގެ 22 އާ ހަމައަށް ކޮމްޕްރެހެންސިވް މޮޓޯ ޕްލޭންސް ޖުމްލަ ގޮތެއްގައި ގަންނަން ލިބޭނީ ސައިކަލަކަށް ނަމަ 695 ރުފިޔާ، ކާރު/ވޭން/ޖިޕެއް ނަމަ 2,875 ރުފިޔާ އަދި ޕިކަޕާއި ލޮރީއަށް 4,550 ރުފިޔާއަށެވެ. މިއީ އަސްލު އަގަށް ވުރެ 20-25 ޕަސަންޓު ހެޔޮ އަގުތަކެކެވެ.

މީގެ އިތުރުން މި މުއްދަތުގައި ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނެއް ބައްލަވައިގަންނަވާ ކޮންމެ ކަސްޓަމަރަކަށް ލިބޭ އިތުރު ފައިދާއެއް ވެސް އެބައޮތެވެ. އަލިފާނުގެ ހާދިސާއަކުން، ވިއްސާރަވުން އަދި ފެންބޮޑުވުން، އިމާރާތުގެ ފެން ހޮޅިއެއް ފަޅައިގެން ދިއުން ނުވަތަ ދުން އެރުމާއި އަދި އެހެނިހެން ވެސް ހާދިސާތަކާއި ގުޅިގެން ގޭތެރޭގައި ގެންގުޅޭ އިލެކްޓްރޯނިކްސްއާއި ފަރުނީޗަރާއި އޭސީ ފަދަ ތަކެއްޗަށް150,000 ރުފިޔާއާއި ހަމައަށް ގެއްލުމުގެ ބަދަލު ލިބޭ ހޯމް ކޮންޓެންޓް ތަކާފުލް ޕްލޭނެއް ކޮމްޕްރެހެންސިވް މޮޓޯ ނަގާ ފަރާތްތަކަށް ހިލޭ ލިބިގެންދެއެވެ. ބޭނުން ނަމަ، މި ހޯމް ކޮންޓެންޓް ތަކާފުލް ޕްލޭން ތިމާގެ ފަރާތުން އެހެން މީހަކަށް ހަދިޔާކުރުމުގެ ފުރުސަތު ވެސް ލިބެއެވެ.