12 May 2022, 09:25
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި، ޓިކްޓޮކް ތަރި، ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) ރޭ ހައްޔަރު ކޮށްފިއެވެ.
"ސަން"އަށް އެނގިފައިވާގޮތުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ރޫމާގެ އިތުރުން ފިރިހެނަކު ވެސް ވަނީ ހައްޔަރު ކޮށްފައެވެ. ނުރަސްމީކޮށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އޭނާގެ ފިރިމީހާއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް މި ނޫހަށް ވިދާޅުވީ މާލެއިން މަސްތުވާތަކެތީގެ މައްސަލައެއްގައި ދިވެހި އަންހެނަކާއި ފިރިހެނަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމުގެ އިތުރުން އެހެން ތަފްސީލެއް ފުލުހުން ނުދެއެވެ.
ޕްރިޓީ ރޫމީގެ ނަމުން ރޫމާ މަޝްހޫރުކަން ހޯދާފައިވަނީ ޓިކްޓޮކް ވީޑިއޯތަކުންނެވެ. އޭނާ ހަދާފައިވާ ވީޑިއޯތައް ވަނީ އާއްމުންގެ ތެރޭގައި މަގުބޫލު ވެފައެވެ.