21 Mar 2012, 12:31
ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ އިންޑޮނޭޝިއާ އެމްބަސީގެ ކައިރީގައި ބޮމެއް ގޮވައި އެއިމާރާތުގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ތެޅިއްޖެ އެވެ.
އިންޑޮނޭޝިއާގެ ޗީފް ޕޮލިޓިކަލް އެންޑް ސެކިއުރިޓީ މިނިސްޓަރު ޖޮކޯ ސުޔާންޓޯ ވިދާޅުވި ކަމަށް ރޮއިޓާސް ބުނީ ބޮންގޮވުމުގެ ހާދިސާގައި އެމްބަސީގެ އެއްވެސް މުވައްޒަފަކަށް ގެއްލުން ވެފައި ނުވާ ކަމަށާއި ބޮމުގެ ހަމަލާ އަމާޒުކޮށްފައި ވަނީ ކޮން ބަޔަކަށްކަން އަދި ނޭނގޭ ކަމަށެވެ.
ބޮން ގޮވިއިރު އިންޑޮނޭޝިޔާގެ ސަފީރު ހުންނެވީ އެސަރަހައްދުގައި ކަމަށާއި ނަމަވެސް ބޮން ގޮވިތަނާ ކައިރިއަށް އޭނާ ވަޑައިނުގަންނަވާ ކަމަށް ވެސް ސުޔާންޓޯއާ ހަވާލާދީ ރޮއިޓާސް ބުންޏެވެ.
ފްރާންސް ގަޑިން ރޭ ފަތިހު 5.20 ހާއިރު ހިނގި އެހާދިސާއާ ބެހޭ ގޮތުން ފްރާންސްގެ އޮފިޝަލެއްގެ ބަހެއް ރޮއިޓާސްއިން ހޯދާފައެއް ނުވެ އެވެ.