11 May 2022, 19:25
ސްރީލަންކާއިން ގެއްލިގެން ރިޕޯޓުކުރި 62 އަހަރުގެ ދިވެހި މީހާ ފެނިއްޖެއެވެ.
ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުޙައްމަދު 'ސަން' އަށް ވިދާޅުވީ ލަންކާގައި ގެއްލިގެން ރިޕޯޓުކުރި ދިވެހި މީހާ ފެނުނީ ކޮލޮންބޯގެ ހޮސްޕިޓަލަކުން ކަމަށެވެ.
މި މަހުގެ ހަތްވަނަ ދުވަހު ލަންކާއިން ގެއްލިގެން ރިޕޯޓުކުރީ އިބްރާހީމް އަލީ ނަމަކަށް ކިޔާ މީހެކެވެ.
މިއުވާން ވިދާޅުވީ އެ ފިރިހެންމީހާ ގެއްލުނީވެސް ހޮސްޕިޓަލުގައި ފަރުވާހޯދަނިކޮށްކަމަށެވެ.
"ކޮލޮންބޯގެ ހޮސްޕިޓަލެއްގަ ހުއްޓާ ފެނުނީ. މިހާރު އާއިލާއާ ވެސް ގުޅިއްޖެ،" އޭނާ ވިދާޅުވިއެވެ.
އޭނާ ފެނުނު އިރު ހާލު ރަނގަޅުކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.