11 May 2022, 02:50
ދިވެހިބަހުގެ އެކެޑަމީން ބޭއްވި އެކިއެކި މުބާރާތްތަކުގެ ނަތިޖާ ފާޅުކޮށްފިއެވެ.
މިރޭ ބޭއްވި ވާހަކަ ދެއްކުމުގެ 35 ވަނަ ޤައުމީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އެކި އެކި މުބާރާތްތަކުގެ ވަނަވަނައަށް އައި ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުމާއި ހަނދާނީ ފިލާ އަރުވާފައެވެ.
ދިވެހިބަހުގެ އެކެޑަމީން އޮފީސްތަކުގެ މެދުގައި ކުރިއަށް ގެންދިޔަ އަތުލިޔުމުގެ މުބާރާތުގެ ވަނަތައް ހާސިލުކޮށްފައިވަނީ:
1 ވަނަ - މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އެސިސްޓެންޓް ޓެކްސް އޮފިސަރު ނިލްފާ އިބްރާހީމް
2 ވަނަ - ހިތަދޫ އަވަށު އޮފީހުގެ އެސިސްޓެންޓް ކައުންސިލް އޮފިސަރު ޢާއިޝަތު ސަޢުދިއްޔާ
ދިވެހި ބަހުގެ އެކެޑަމީގެ ނައިބު ރައީސް ޒުލްފާ އިބްރާހީމް "ސަން"އަށް ވިދާޅުވީ އަތު ލިޔުމުގެ މުބާރާތް އެކެޑަމީން ބާއްވާތާ މިހާރު ހަތަރު އަހަރު ވެދާނެކަމަށެވެ. މިހާރު އެ މުބާރާތުގެ ފޯރި ވަރަށް ބޮޑުވެފައިވާކަމަށާއި، މިއަހަރު މުބާރާތުގައި ތަފާތު ރީތި ލިޔުންތަކެއް ލިބިފައިވާކަމަށް އެކަމަނާ ވިދާޅުވިިއެވެ.
ދިވެހި ބަހުގެ އެކެޑަމީން ސިލްސިލާކޮށް ބާއްވަމުން އަންނަ އައްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނުގެ ވާދައިގެ ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 33 ވަނަ މުބާރާތުގެ ވަނަތައް ވެސް ވަނީ މިރޭ އިއުލާނުކޮށްފައެވެ.
އެގޮތުން އެ މުބާރާތުގެ ވަނަތައް ހާސިލުކޮށްފައިވަނީ:
ދަށު ސާނަވީ ބައި
1 ވަނަ - ޒަމްޢަތު ބިންތު ޢަލީ، އިހަވަންދޫ ސުކޫލް
ވާހަކައިގެ ނަން: ނަސްލު
1 ވަނަ - އާމިނަތު ތަޙްސީން އިބްރާހީމް، އިހަވަންދޫ ސުކޫލް
ވާހަކައިގެ ނަން: ދެބެ ދޭތެރޭ
1 ވަނަ ސުކޫލް: އިހަވަންދޫ ސުކޫލް

ސާނަވީ ބައި
1 ވަނަ - ޖުމާނާ ޙާމިދު ޢަލީ، އިހަވަންދޫ ސުކޫލް
ވާހަކައިގެ ނަން: އަސަރު
1 ވަނަ ސުކޫލް - އިހަވަންދޫ ސުކޫލް
މަތީ ސާނަވީ ބައި
1 ވަނަ - އާމިނަތު ޒަހާ ޒާހިރު، އިހަވަންދޫ ސުކޫލް
ވާހަކައިގެ ނަން: ބުންޔާދު
އަމިއްލަ ފަރާތްތަކުގެ ބައި
18 އަހަރުން ދަށް
1 ވަނަ - ފާތިމަތު ޖުމާނާ މަންސޫރު، ބަހާރުގެ / ހއ. އިހަވަންދޫ
ވާހަކައިގެ ނަން: ވިއާމް
18 އަހަރުން މަތި
1 ވަނަ - ޢަބްދުﷲ ފައިޞަލް، ޗާންދަނީގެ / މ. ވޭވަށް

ދިވެހި ބަހުގެ އެކެޑަމީން ސިލްސިލާކޮށް ބާއްވަމުން އަންނަ އަލްއުސްތާޛް މުޙައްމަދު ޖަމީލް ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 36 ވަނަ މުބާރާތުގެ ވަނަތައް ވެސް ވަނީ މިރޭ އިއުލާނުކޮށްފައެވެ.
އެގޮތުން އެ މުބާރާތުގެ ވަނަތައް ހާސިލުކޮށްފައިވަނީ:-
ދަށު ސާނަވީ ބައި
1 ވަނަ - އާމިނަތު އަލްޔާ ނަވީން، ޖަމާލުއްދީން ސުކޫލް
މަޒުމޫނުގެ ނަން: ފަންނިއްޔާތުގެ ސަބަބުން އިންސާނުންނަށް ކުރާ އަސަރު
1 ވަނަ ސުކޫލް: ޖަމާލުއްދީން ސުކޫލް
ސާނަވީ ބައި
1 ވަނަ - މުޙައްމަދު އުނައިޝް، އިހަވަންދޫ ސުކޫލް
މަޒުމޫނުގެ ނަން: ޓެކްނޮލޮޖީ ފުޅާގޮތެއްގައި ބޭނުންކުރަން ފެށުމުގެ ނަތީޖާ
1 ވަނަ ސުކޫލް - އިހަވަންދޫ ސުކޫލް

މަތީ ސާނަވީ ބައި
1 ވަނަ - އާމިނަތު ޒަހާ ޒާހިރު، އިހަވަންދޫ ސުކޫލް
މަޒުމޫނުގެ ނަން: ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެނެވިދާނެ ދިވެހި އަދަބީ އުފެއްދުންތައް އެބަހުއްޓެވެ
1 ވަނަ ސުކޫލް: އިހަވަންދޫ ސުކޫލް
އަމިއްލަ ފަރާތްތަކުގެ ބައި
1 ވަނަ - ޢާއިޝަތު ރަފާހާ ވާފިރު، ޕިޔާރާގެ / ނ. މަނަދޫ
މަޒުމޫނުގެ ނަން: ދިވެހިންގެ ސަގާފަތާއި އާދަކާދަ ނެތިދިއުމުގެ ބޮޑު ބިރު