10 May 2022, 19:17
މ. ކޮޅުފުށީ ކައިރީގައި ދެ ދޯނި ކައިރިކޮށްގެން އުޅުމުގެ ތެރޭގައި ދިވެހި ފިރިހެނަކު ފިތިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ ދެ ދޯނި ދޭތެރޭގައި މީހަކު ފިތިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 16:41 ގައި ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ އެ މީހާ ފިތުމުން އިތުރު ފަރުވާއަށް މ. މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން ބުނިކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ވެސް ދަނީ ބަލަމުންކަމަށެވެ.