ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހެނދު ކ. ގާފަރަށް ވަޑައިގެންފި އެވެ.

ވެރިކަން ލިބި ވަޑައިގަތުމަށްފަހު ފުރަމަތަ ފަހަރަށް ރައީސް ވަހީދު ގާފަރަށް ވަޑައިގެންނެވުމުން ގާފަރު ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ކީއިރު އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާފައިވާ ފޮތި ގަނޑުތަކާއި އަދި ލަވަތައް ޖަހާ އެމަނިކުފާނާއި ދެކޮޅަށްވެސް އެރަށުން ބަޔަކު މީހުންވަނީ އަޑު އުފުލާފަ އެވެ.

ގާފަރަށް ވަޑައިގެން ރައީސް ވަނީ ގާފަރުގެ ރަށު ކައުންސިލާއި ބައްދަލުކުރައްވާ ރަށު ހާލަތު ވަނީ ބައްލަވާ ލައްވާފަ އެެވެ.

ރައީސް އޮފީހުން ބުނީ ރައީސް ވަހީދު ގާފަރުން ދެން ވަޑައިގެންވުމަށް ހަމަ ޖެހިފައިވަނީ ކާށިދޫއަށް ކަމަށާއި އެރަށުގެ ކައުންސިލާއި ބައްދަލު ކުރެއްވުމަށްފަހު މިރޭގެ ވަގުތެއްގައި އެނބުރި މާލެ ވަޑައިގަންނަވާނެ ކަމަށެވެ.

ކ.ކާށިދޫ ދާއިރާގެ ހިމެނޭ ކާށިދޫއާށާއި ގާފަރަށް ރައީސް ވަޑައިގެންފައިމިވަނީ އަންނަ މަހު އެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ ބައި އިލެކްޝަން އިއުލާން ކޮށްފައިވަނިކޮށެވެ.