ޓެންޑާ އިވެލުއޭޝަން ބޯޑު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު އަލުން އެކުލަވައިލައްވައި އެ ބޯޑުގެ ޗެއާމަނަކަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ޙަސަން ޒަމީލު ހަމަޖައްސަވައިފި އެވެ.

ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، އެޓާނީ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓާ ޖެނެރަލް އަޙްމަދު އުޝާމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓާ ޖެނެރަލް މުޙަންމަދު ޢަލީ އާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ޗީފް އައިސީޓީ އެގްޒެކެޓިވް މުޙަންމަދު ނާއިޒާއި، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ޑެޕިއުޓީ ޑިރެކްޓ ޖެނެރަލް ޢަލީ ޒުބައިރު ޙުސައިނާއި، މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ސީނިއާ އާކިޓެކްޓް ޒީނިޔާ އަޙްމަދާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު އަޙްމަދު އިފްތިޚާރާއި، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާގެ ނައިބު ރައީސް އިސްމާޢީލް ޢާޞިފެވެ.