08 May 2022, 14:12
ނުރައްކާތެރި އެއްޗެއް އޮތްކަމަށް ޝައްކު ކުރެވޭ ފޮއްޓެއް ފެނިގެން ސިފައިން ބެލިއިރު އޭގައި ހުރީ ކުނި ކަން އެނގިއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ, ނުރައްކާތެރި އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން މެންދުރު 12:40 ހާއިރު ސިފައިންނާއި ފުލުހުން ގުޅިގެން ކަޅުތުއްކަލާ ކޮށި ހިމެނޭ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ނަމަވެސް އެތަނުން ފެނުނު ފޮށީގައި ނުރައްކާތެރި އެއްޗެއް ނެތް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެނގިފައިވާ ގޮތުގައި އެ ފޮށި ތެރޭގައި ހުރީ ކުންޏެވެ.
މީގެ ކުރިން ވެސް މާލޭގެ އެކި ސަރަހައްދުތަކުން ޝައްކު ކުރެވޭ ފޮށިތައް ފެނިގެން އެމްއެންޑީއެފްގެ ބޮން ސްކޮޑުން ހަރަކާތްތެރިވެފައިވެއެވެ. ނަމަވެސް ގިނަ ފަހަރު އެ ފޮށިތަކުގައި ހުންނަނީ ކުންޏެވެ.