08 May 2022, 00:01
މިރޭ މާލެ ސަރަހައްދުގައި ހިނގި ނުރައްކާތެރި ދެ އެކްސިޑެއްޓެއްގައި މީހަކަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.
މިރޭގެ ފުރަތަމަ އެކްސިޑެންޓު ހިނގަފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ. އެ އެކްސިޑެންޓު ހިނގައިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 21:20 ހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓު ހިނގާފައިވަނީ ތިން ސައިކަލު ޖެހިގެންކަމަށެވެ. އަދި އެ އެކްސިޑެންޓުގައި ތިން މީހަކަށާއި ކުޑަކުއްޖަކަށް އަނިޔާ ލިބިފައިވާކަމަށެވެ. އަދި އެތަނުން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވުމުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިރޭގެ ދެވަނަ އެކްސިޑެންޓު ހިނގާފައިވަނީ މާލެ ހުޅުމާލެ ހައިވޭގައެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ. އަދި އެ އެކްސިޑެންޓު ހިނގައިގެން އުޅޭކަމަށް ރިޕޯޓު ކޮށްފައިވަނީ މިރޭ 22:05 ގައި ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެ ދެ އެކްސިޑެންޓު ވެސް ފުލުހުން އިތުރަށް ތަހުގީގުކުރާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.