07 May 2022, 21:43
ސްރީލަންކާއަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަނީ އުމުރުން 62 އަހަރުގެ، އިބްރާހީމް އަލީ ނަމަކަށް ކިޔާ މީހެކެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުޙައްމަދު 'ސަން' އަށް ވިދާޅުވީ ލަންކާގައި ދިވެއްސަކު ގެއްލިގެން އުޅޭތީ އެ އާއިލާއަށް އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީން އެހީތެރިކަން ފޯރުކޮށްދެމުން އަަންނަ ކަމަށެވެ.
"ގެއްލުނު މީހާގެ އާއިލާގެ ފަރާތުން ލަންކާގެ ފުލުހުންނާ މުއާމަލާތު އެބަކުރޭ. ދިވެހި ސަރުކާރުން އެ އާއިލާއަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން މިދަނީ ފޯރުކޮށްދެމުން،" މިއުވާން ވިދާޅުވިއެވެ.
އޭނާ ގެއްލިގެން ހޯދުމަށް ފޮޓޯއާއެކު ސޯޝަލް މީޑިއާގައި ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ މައުލޫމާތުގައިވާގޮތުން އިބްރާހީމް އަލީ އެންމެ ފަހުން ފެނިފައި ވަނީ އީދު ދުވަހު ދެހިވަލަ މިސްކިތް ކައިރިންނެވެ.