ލ. ކައްދޫ އެއާޕޯޓަށް ޖައްސަންއުޅުމުގެ ތެރޭގައި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެއް ކަހާލައިފިއެވެ.

އެކަމާ ގުޅިގެން "ސަން" އާ ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާ ވިދާޅުވީ އެއީ މޫސުން ގޯސްވުމުގެ ސަބަބުން ހިނގި ހާދިސާއެއްކަމަށެވެ.

"ކައްދުއަށް ވެސް ވަރަށް މޫސުމް ގޯސް. ވަރަށް ވައިގަދަކޮށް އުޅެނީ." އޭނާ ވިދާޅުވިއެވެ.

ޖެނީފާ ވިދާޅުވީ ފްލައިޓު ކަހާލީ ދެވަނަ ފަހަރަށް ޖައްސަން މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި މިހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ފްލައިޓު ދަތުރުކުރީ މާލެއިން ކައްދޫއަށެވެ.