ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހަތް މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ:

  • ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ)

  • ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްޙާޒު (22އ)
  • ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ)
  • ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)
  • ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ)
  • ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު (20އ)
  • ސ. މަރަދޫ/ ކޮރަލް، އަޙްމަދު ސާތިޢު (21އ)

މިމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މާލެ ސަރަހައްދުގައި ރޭ ވަނީ ތިން މާރާމާރިއެއް ހިންގާފައެވެ.

އެގޮތުން، ރޭ ދަންވަރު ސޯސަން މަގު، މުތީ ގޯޅި (ސިޓީ ބޭކަރީ ގޯޅި)ގައި މާރާމާރީއެއް ހިންގާފައި ވާއިރު، ރޭ އިރާކޮޅު ހުޅުމާލޭގައި ވެސް ވަނީ ދެ މާރާމާރީއެއް ހިންގާފައެވެ.

ރޭ 02:15 ހާއިރު، މާރާމާރީ ހިނގި ސަރަހައްދުން ދެ މީހަކު ހައްޔަރުކުރިއެވެ. އަދި ފުލުހުން ވަނީ އެ ސަރަހައްދުން ދެ ސައިކަލެއް ވެސް ޓޯކޮށްގެން ގެންގޮސްފައެވެ. ބެލެވޭ ގޮތުގައި އެއީ މާރާމާރީގައި ބައިވެރިވި މީހުންނާ ގުޅުން ހުރި އުޅަނދުތަކެކެވެ.

އެ ހާދިސާތަކުގައި ޒަޚަމްވި ދެމީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

އެ މާރާމާރީތަކާ ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހިން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.