05 May 2022, 10:38
ރޭ އިރާކޮޅު މާލޭ މަގުމައްޗަށް ވެއްޓިފައި ވަނިކޮށް އައިޖީއެމްއެޗަށް ގެންދިޔަ މީހާއަކީ ކާކުކަން ދެނެގަނެވިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
މާފަންނު މުރަނގަ މަގު ބީޖީ ގަރާޖް ސަރަހައްދުގައި ވެއްޓިފައި އޮއްވައި އައިޖީއެމްއެޗަށް ގެންދިޔަ މީހާއަކީ 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެމީހާގެ އާއިލާގެ އެއްބާރުލުން ފުލުހުންނަށް ލިބެމުން ދާކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާ ވެއްޓިފައި އޮއްވާ ފެނުމުން، އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ، މީގެ ކުރިން ފުލުހުން ވަނީ އެއީ ކާކުކަން ދެނެގަތުމަށް އާންމުންގެ އެހީއަށް އެދިފައެވެ. އެގޮތުން، އޭނާގެ އިސްކޮޅުގައި ފަސް ފޫޓު ހަ އިންޗި ވަރު ހުރި ކަމަށާއި، އެއީ އުމުރުން 50 އަހަރާއި 60 އަހަރާ ދެމެދުގެ މީހެއްކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން އޭނާ ލައިގެން ހުރީ މަޑު މުށިކުލަޔަކަށްދާ ޓީޝާޓަކާއި ނޫކުލައިގެ ޓްރެކް ޝޫޓެއް ކަމަށްވެސް ފުލުހުން ބުންޏެވެ.