ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ފޮރިން މިނިސްޓްރީގެ ދެ މަގާމަކަށް ބޭފުޅުން ހަމަޖައްސަވައިފިއެވެ.

އެގޮތުން ފޮރިން މިނިސްޓްރީގެ ފޮރިން ސެކްރެޓަރީގެ މަގާމަށް ހ. ސީވީޑް، އަޙްމަދު ލަޠީފް މިއަދު ހަމަޖެއްސެވިއިރު، އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް މއ.އަތަމާވިލާ، ޢަބްދުލްޣަފޫރު މުޙައްމަދު ވަނީ ހަމަޖައްވާފައެވެ.

ޢަބްދުލްޣަފޫރު މުޙައްމަދު، އެ މަޤާމަށް ހަމަޖެއްސެވީ ކުރިން ހުންނެވި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމުން ވަކިކުރެއްވުމަށްފަހުގައެވެ. އަދި އަޙްމަދު ލަޠީފު އެ މަޤާމަށް ހަމަޖެއްސެވީ ކުރިން ހުންނެވި ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުން ވަކި ކުރައްވާފައެވެ.

ފޮރިން ސެކްރެޓަރީއަކަށް މިއަދު ހަމަޖެއްސެވި އަޙްމަދު ލަތީފަކީ 2007 ވަނަ އަހަރުގެ ތެރޭގައި ޗައިނާއަށް ރާއްޖެއިން ކަނޑައެޅުއްވި ފުރަތަމަ ސަފީރުވެސް މެއެވެ.