މިއަހަރުގެ ރަމަޟާންމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތުގެ ގޮތުގައި ޖުމްލަ 5.5 މިލިއަނަށްވުރެއް ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިހާތަނަށް 107،132 މީހުން ފިތުރު ޒަކާތް ދައްކާފައިވާ ކަމަށެވެ.

ފިރުތު ޒަކާތް އޮންލައިންކޮށް ދެއްކޭނެ ނިޒާމެއްވެސް މިނިސްޓްރީން ވަނީ ގާއިމްކޮށްދީފައެވެ. އެގޮތުން މިނިސްޓްރީގެ ވެބްސައިޓުންނާއި، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ 28ވަނަ ދުވަހާ ހަމައަށް ޒަކާތްދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންނެވެ.

އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ މިއަދު 18:00 އެވެ.