29 Apr 2022, 10:51
ރެޖިސްޓްރީ ނުކޮށް ކަނޑުއުޅަނދުފަހަރު ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
ކައުންސިލުން ބުނީ ރާއްޖޭގެ ކަނޑުދަތުރު ކުރުމާ ބެހޭ ގާނޫނުގެ ދަށުން ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެއްތަނުން އަނެއްތަނަށް އަދި އެއްރަށުން އަނެއް ރަށަށް ކަނޑުދަތުރު ކުރެވޭނީ އެ އުޅަނދެއް ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީ ކޮށްގެން ކަމުގައި ދަންނަވާ ކަމަށެވެ.
އެހެންކަމުން އައްޑޫ ސިޓީގައި މިހާތަނަށް ރަޖިސްޓްރީ ނުކޮށް ބޭނުން ކުރަމުން ގެންދާ ކަނޑު އުޅަނދުފަހަރު ކުރިއަށް އޮތް މޭ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ގަވާއިދާ އެއްގޮތަށް ރަޖިސްޓްރީ ކުރުމަށް ކައުންސިލުން ވަނީ އިޢުލާނުކޮށްފައެވެ.
"މިމުއްދަތުގެ ފަހުން ރަޖިސްޓްރީ ނުކޮށް ދުއްވާ އުޅަނދުފަހަރު މި އިދާރާއިން ޗެކު ކުރުމަށްފަހު ފިޔަވަޅު އަޅާނެ ކަމުގައި އަންގާ އިޢުލާން ކުރަން،" ކައުންސިލުން ބުންޏެވެ.