މަސައްކަތްތެރިންގެ ދުވަހާއި ޢީދާއި ގުޅިގެން އައިޖީއެމްއެޗްގެ އޯ.ޕީ.ޑީ ޙިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމައިފިއެވެ.

އައިޖީއެމްއެޗްއިން ނެރުނު ބަޔާނެއްގައި ވަނީ އަންނަ އާދިއްތަ އަދި ހޯމަ ދުވަހުގެ އިތުރުން ބުރާސްފަތި ދުވަހު އޯ.ޕީ.ޑީ އަދި ކްލިނިކަލް ޚިދުމަތްތައް މެދުކެނޑުނު ނަމަވެސް ޓްރޯމާ އެންޑް އިމަޖެންސީގެ ޚިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ލިބިގެންދާނެ ކަމަށެވެ.

އަދި އަންނަ އަންގާރަ އަދި ބުދަ ދުވަހު ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ހެނދުނު 9:00އިން 16:00އަށް ކުރިއަށް ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ކުޑަ އީދާ ގުޅިގެން އަންނަ ހަފްތާއަކީ ސަރުކާރު ބަންދު ހަފްތާއެކެވެ.