27 Apr 2022, 01:07
ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަންކުރާ ބޭފުޅަކަށް ފަނޑިޔާރު މުޙައްމަދު ނިޔާޒް މިރޭ އިންތިޚާބު ކޮށްފިއެވެ.
ފަނޑިޔާރު ނިޔާޒް ޖޭއެސްސީއަށް އިންތިޚާބު ކޮށްފައިވަނީ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުގެ މަތިންނެވެ.
ހައިކޯޓުގެ ފަރާތުން މީގެ ކުރިން ޖޭއެސްސީގައި އިންނެވީ ފަނޑިޔާރު ޢަލީ ސަމީރުއެވެ. ނަމަވެސް މި މަހުގެ 17 ވަނަ ދުވަހު ސަމީރު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ފަނޑިޔާރު ނިޔާޒް ޖޭއެސްސީއަށް އިންތިޚާބު ކުރީ ސަމީރު އިސްތިއުފާ ދެއްވުމުންނެވެ. ނަމަވެސް ސަމީރު އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއް ނުވެއެވެ.
ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން ސަމީރު ޖޭއެސްސީގެ މެމްބަރު ކަމަށް ފުރަތަމަ އައްޔަން ކުރެއްވީ ޑިސެމްބަރު 5، 2019 ވަނަ ދުވަހުއެވެ.