ދެވަނަ އެޗްއާރް ކޮންވެންޝަން މެއި 21 އިން 22އަށް ބޭއްވުމަށް ހަމަޖެހިފައިވާކަން މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (މާޕް) އިން އިއުލާނުކޮށްފިއެވެ.

އެ ޖަމުއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ދުވަހުގެ މުއްދަތަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ޔުނިވާސިޓީގެ މެއިން އޮޑިޓޯރިއަމްގައި ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ އެ ކޮންފަރެންސް ކުރިއަށް ގެންދާނީ "ޓްރާންސްފޮމޭޝާން އެންޑް ކަލްޗާ - ފިއުޗާ އޮފް ހިއުމަން ކެޕިޓަލް" ތީމްގެ ދަށުންކަމަށެވެ. އަދި އެ ކޮންފަރެންސްގައި އެޗްއާރް ބެސްޓް ޕްރެކްޓިސް ތަކާއި ބައިނަލްއަޤްވާމީ ތަޖުރިބާތައް ހިއްސާކުރެވޭނެކަމަށް ވެސް މާޕް އިން ބުނެއެވެ.

އެޗްއާރް ކޮންވެންޝަންގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކަމާބެހޭ މާހިރުން ބައިވެރިވާނެކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އެގޮތުން ސިންގަޕޫރު، އިނގިރޭސިވިލާތް، އިންޑިޔާ އަދި ސްރީލަންކާގެ މަޝްހޫރު ވާހަކަދެއްކުންތެރިން 4 މައުޟޫއަކަށް ވާހަކަ ދައްކަވާނެެ ކަމަށް މާޕް އިން ބުނެއެވެ.

އެޗްއާރް ކޮންވެންޝަންގެ ބައިވެރިން--- ފޮޓޯ/ މާޕް

އެ ކޮންފަރެންސްއާ ބެހެގޮތުން ވާހަކަ ދައްކަވަމުން މާޕްގެ ރައީސް ހުސައިން އަފީފް ވިދާޅުވީ މިއަހަރު އެ ކޮންފަރެންސް ބޭއްވާއިރު މީގެ ކުރިން ކޮވިޑްގެ ނުރައްކާތެރި ހާލަތުގެ ސަބަބުން ތިން ފަހަރުގެ މަތިން އެ ކޮންފަރެންސް ފަސް ކޮށްފައިވާ ކަމަށެވެ.

"މާޕް ޓީމްއިން މިދަނީ މި ކޮންވެންޝަންއަށް ވަރަށް ތައްޔާރުވަމުން އަދި ޔަޤީން ކުރަނީ ހުރިހާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުމާއި ސަޕޯޓް މިކަމުގައި ލިބިގެންދާނެކަމަށް،" ހުސެއިން އަފީފް ވިދާޅުވިއެވެ.

އެޗްއާރް ކޮންވެންޝަންގައި ބޭރުގެ 10 ބޭފުޅަކާއި ރާއްޖޭގެެ 20 ބޭފުޅަކު ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނައެވެ.

އަދި އެ ކޮންވެންޝަންގައި ގާތްގަޑަކަށް 400 ފަރާތަކަށް ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ. އެ ފުރުސަތު ހޯދުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ މާޕްއިން ހުޅުވާލާފައެވެ. ރަޖިސްޓްރީވުމަށް މާޕްގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުން ކޮންފަރެންސް އާއި ބެހޭ އިތުރު މައުލޫމާތުތައް ލިބެގެންދާނެއެވެ.