ގދ. ތިނަދޫ ގެއެއްގައި މިއަދު ހެނދުނު އަލިފާން ރޯކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ތިނަދޫ މާވިނަ ގޭގައި ރޯކޮށްލާފައި ވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށާއި އެކަން ކޮށްފައި ވަނީ އެގޭގެ މީހުން ބޭރަށް ދިޔަ ވަގުތު ކަމަށެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވީ މާވިނަ ގޭގެގެ ތިން ކޮޓަރިއަކަށް ސާފުތެޔޮ ޖަހާފައި ހުރި އިރު އަލިފާން ރޯވކޮށްލާފައި ވަނީ ގުދަނެއް ގޮތަށް އެގޭގެ މީހުން ބޭނުން ކުރަމުން ދިޔަ ކޮޓަރި އެއްގައި ކަމަށެވެ. އެ ކޮޓަރި ތެރޭ ހުރި ލަކުޑި ފަތިފަދަ ތަކެތި އަނދާފައިވާ އިރު އަނެއް ދެ ކޮޓަރީގެ ގޮދަޑިތަކަށް ސާފުތެޔޮ ޖަހާފައި ހުރި ކަމަށް ފުލުހުން ބުންޏެވެ.

ހަ މީހަކު ދިރިއުޅޭ އެގޭގައި ރޯކޮށްލާފައި ވަނީ ބަޔަކު ގަސްތުގައި ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފަ އެއް ނުވެ އެވެ.