25 Apr 2022, 14:24
މިދިޔަ ހަފްތާ މާލެއިން ކޮވިޑަށް ޕޮޒިޓިވްވީ 37 މީހުން ކަމަށް އެޗްޕީއޭގެ ކޮވިޑް އަޕްޑޭޓްތަކުން ދަކްކައިފިއެވެ.
މިިދިޔަ ހަފްތާ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުތައް އެޗްޕީއޭއިން ހާމަކުރީ މިއަދުއެވެ.
އެޗްޕީއޭގެ ކޮވިޑް އަޕްޓޭޓަށް ބަލާއިރު، 17 އޭޕްރީލް އިން ފެށިގެން މިދިޔަ ހޮނިހިރުގެ ނިޔަލަށް މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 288 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 37 މީހުނާއި އަތޮޅުތެރެއިން 205 މީހުންނެވެ. އަދި އެހެނިހެން ކެޓަގަރީން 46 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަން އެޗްޕީއޭގެ ކޮވިޑް އަޕްޑޭޓުން ދައްކައެވެ.
މިދިޔަ ހޮނިހިރު ދުވަހު މާލެ ސަރަހައްދުން އެއްވެސް މީހަކު ކޮވިޑަށް ޕޮޒިޓިވް ނުވާކަމަށް އެޗްޕީއޭގެ ސްޓެޓަސްޓިކްސް އިން ދައްކައެވެ.
އޭގެ ކުރިން، އޭޕްރީލް 14،15،16 ގެ ކޮވިޑް އަޕްޑޭޓަށް ބަލާއިރު، އެ ތިންދުވަހު އެކަނިވެސް މުޅި ރާއްޖެއިން 4،225 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ. އެއީ މާލެއިން 394 މީހުންނާއި އަތޮޅުތެރެއިން 3،375 މީހުންނެވެ.
އެހެންކަމުން، މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 179،171 އަށް އަރާފައެވެ. މި ބަލީގައި މިހާތަނަށް 298 މީހުން ވަނީ ދުނިޔެ ދޫކޮށްފައެވެ.