25 Apr 2022, 14:02
ތިން އަހަރެއްހާ ދުވަސް ފަހުން ފުވައްމުލަކު އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ޚަދީޖާ ލީނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
ޚަދީޖާ ލީނާއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުން ދިޔައީ ކޯޓުގެ އިދާރީ ކަންކަން ހިންގުމުގައި އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.
އެ މައްސަލަ ސާބިތު ނުވާކަމަށް ޖޭއެސްސީން ނިންމާފައިވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުއެވެ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޚަދީޖާ ލީނާ އައްޔަންކުރީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.