ތ. ދިޔަމިނގިލީ ތިންކޮޅުފުށި ސަރަހައްދުގައި އެރަށު މުދިމަށް ވަޅިން ހަމަލާދީގެން ހައްޔަރުކުރި އޭނާގެ ގާތް ރަހުމަތްތެރިޔާ، އެރަށު ހަސަން ސާމިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހުން މިއަދު ޕްރޮސެކިއުޓަރް ޖެނެރަލް(ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ.

ދިޔަމިނގިލީ މަސްޖިދުލް އަމާނާތުގެ ވަގުތީ މުދިމަށް ހަމަލާދިނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.

އޭނާގެ ހަށިގަނޑުގެ ހަތަރު ތަނަކަށް 13 ފަހަރު ވަޅިހަރާފައިވެއެވެ.

މުދިމަށް ހަމަލާދިންތާ މާގިނަ އިރެއްނުވެ ހަމަ އެދުވަހު ހަމަލާދިން ސާމިދު ހައްޔަރުކުރިއެވެ.

"ސަން"އަށް މައުލޫމާތު ދެމުން މި މައްސަލާގެ ތަހުޤީގު ނިމި ދައުވާކުރުމަށް ޕީޖީ އަށް ފޮނުވާފައިވާކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ.

މި މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.