24 Apr 2022, 12:13
ރޯދަވީއްލާގަޑީގައި އެންމެ ފަހުން ދިޔާ އެއްޗެއްގެ ގޮތުގައި ކޮފީ، ހަކުރު އެކުލުވެގިންވާ ޖޫސް ނޫނީ ފިޒީ ޑްރިންކްސް ނޫން އެއްޗެއް ބޭނުންކުރެވުނުތޯ؟
ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަށް ގިނަ ފަހަރު ހަނދާނެއް ނުވެއެވެ. އެހެންކަމުން އާއްމުކޮށް ރޯދަމަހުގައި ހަށިގަނޑުން ފެންމަދުވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތައް ކުރިމަތިވެއެވެ.
ފެން ބުއިމުގެ މުހިންމުކަން ހަނދާން ނެތެނީ ރޯދަމަހު ކެއުމަށް މާ ބޮޑަށް އިސްކަންދެވޭތީއެވެ. ރާއްޖެފަދަ ހޫނު މޫސުން އޮންނަ ގައުމަކު ރޯދަ ހިފާއިރު ރަނގަޅަށް ފެން ބުއިމަށް ހަނދާންކުރަންޖެހެއެވެ. ފެން މަދުވުމުގެ ސަބަބުން، ބޮލުގައި ރިއްސުމާއި، ވަރުބަލިވުމާއި، ބަނޑުގައި ރިއްސުންފަދަ ކަންތައް ކުރިމަތިވެއެވެ.
ރޯދަނޫން ވަގުތުތަކުގައި ފެން ބުއިމަށް އިސްކަން ދޭންޖެހޭނެއެވެ. އެއީ ފެން މަދުވުމުގެ ސަބަބުން ދިމާވާ ކިޑްނީ މައްސަލަތަކާއި އެކި ސިއްހީ މައްސަލަތަކުން ރައްކާތެރި ވުމަށެވެ. ހަށިގަނޑުން ފެން މަދުވުމުން ނުވަތަ 'މައިލްޑް ޑީހައިޑްރޭޝަން'ގެ ސަބަބުން އާންމުކޮށް ދިރިއުޅުމުގައި ކުރާ ކަންކަން ކުރުމަށް އުނދަގޫވެ ވަރުބަލިވުމަށް މަގުފަހިވެއެވެ. އަދި ބޮޑަށް ހަށިގަނޑުން ފެންމަދުވުމުން ނުވަތަ 'ސިވިއަރ ޑީހައިޑްރޭޝަން'ގެ ސަބަބުން ކިޑްނީއަށް ގެއްލުންވުމަށް މެދުވެރިވެއެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެންމަދުވުމުގެ ސަބަބުން ހަށިގަނޑުގައި ވޭސްޓް އަދި އެސިޑް އުފެދި އޭގެ ސަބަބުން ކިޑްނީއަށް ގެއްލުންވާ މަސަލް ޕްރޮޓީން އުފެދުން އެކަށީގެންވެއެވެ.

ކީޑްނީ ދުޅަވުން، ކީޑްނީ ހިލައުފެދުން، ކިޑްނީ ފެއިލްވުން އަދި ދާއިމީ ކިޑްނީ ބަލި ނުވަތަ ސީ.ކޭ.ޑީ މެދުވެރިވާ ސަބަބުތަކުގެ ތެރައިން މައިގަނޑު އެއްސަބަބަކީ ފެން މަދުވުމެވެ. ރޯދަމަހުގައި ނޫނަސް ފެން ބުއިމަކީ އިސްކަންދޭން ޖެހޭނެކަމެކެވެ.
ހަށިގަނޑުގައި ފެންހުންނަން ޖެހޭ މިންވަރަށް ހުރުން ކިޑްނީއަށް ވަރަށް މުހިންމު
ފެން ބުއިމުގެ ސަބަބުން ލޭގައި ދައުރުވާ ހަށިގަނޑަށް ބޭނުން ނުވާ މާއްދާތައް ކުޑަކަމުދިއުމުން ބޭރުވެ، ކިޑްނީއަށް ބޭނުންވާ ނިއުޓިރިއަންޓްސް ލިބުމަށް މަގުފަހިކޮށްދެއެވެ.
ފެންމަދުވުމުގެ ސަބަބުން ނުވަތަ ޑީހައިޑްރޭޝަންގެ ސަބަބުން ކިޑްނީގައި ހިލަ އުފެދުމާއި ކުޑަކަމުދާ ނިޒާމުގައި ޖަރާސީމު އުފެދުން، މިފަދަ މައްސަލައެއް މެދުވެރި ވެއްޖެނަމަ އަވަހަށް ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ.
ހަށިގަނޑަށް ލިބެންވާވަރަށް ފެން ލިބޭތޯ ދެނެގަނެވޭނީ ކުޑަކަމުދިއުމުން އޭގެ ކުލައިންނެވެ. ކުޑަކަމުދާއިރު ގަދަ ރީނދޫ ކުލައިގައި ހުންނަނަމަ އެއީ ހަށިގަނޑަށް އިތުރު ފެން ބޭނުންވާ ކަމުގެ ނިޝާނެކެވެ. އެހެން ނަމަވެސް އަބަދުވެސް ގަދަ ކުލައިގައި ކުޑަކަމުދާ ތަކެތި ހުންނަ ނަމަ ޑަކްޓަރުގެ ލަފާ ހޯދުމަކީ މުހިންމުކަމެކެވެ.
ކިޑްނީ ފެއިލިއަރ ނުވަތަ ކިޑްނީ ފަންކްޝަން މައްސަލަ ހުންނަ މީހުން ފެން ބޯންޖެހޭ މިންވަރު މަދުކުރަންޖެހިދާނެއެވެ. މިފަދަ މައްސަލައެއް ދިމާވެއްޖެނަމަ ރޯދަހިފުމުގައި ޑަކްޓަރުގެ ލަފާ ހޯދުން މުހިންމެވެ.

ޓްރީ ޓޮޕް ހޮސްޕިޓްލުން ދާއިމީ ކިޑްނީ ބަލި ނުވަތަ ސީކޭޑިއަށް ސްކްރީނިންގެ ހިދުމަތްތައް ފޯރުކޮށްދޭ -- ފޮޓޯ/ ޓްރީޓޮޕް
ރޯދަމަހު ރޯދަހިފުމުން ގެއްލިގެންދާ ފެން އަނބުރާ ހަށިގަނޑަށް ގެނެއުމަށް ކުރެވިދާނެ ކަންތައް
- ރޯދަވީއްލާ ގަޑީގައި ދެތަށި ފެން ބުއިން
- ބޮޑެތި މީހުން އެންމެ ކުޑަމިނުން 1.5 ލީޓަރު ފެން ބުއިން.
- އެކި ފަހަރު މަތިން ފެން ބުއިން. އެއީ ދުވާލަކު ހަމަކުރަންޖެހޭ ފެނުގެ އަދަދު އެއްފަހަރާ ބުއިމުގެ ސަބަބުން ކިޑްނީއަށް ބާރުބޮޑުވާނެތީ
- ފިނި ފެނުގެ ބަދަލުގައި ހޫނު ފެން ބުއިން
- ހަކުރު އަދި ކެފެއިން ގިނަ ބުއިންތައް މަދު ކުރުން
- ކުޅި އަދި ލޮނު ގަދަ ކެއުންތަކުން ދުރުހެލިވުން
- ކަރާ، އަލަނާސި އަދި އޮރެންޖް ފަދަ ފެން ގިނަ މޭވާ ކެއުން
މީގެ އިތުރުން ކިރު ބޭނުންކޮށްގެން ހަދާފައި ހުންނަ ބުއިންތަކާއި ސޫޕް އަދި ތާޒާ މޭވާ އަދި ތަރުކާރިން ހަދާފައިވާ ޖޫސް ބޮވިދާނެއެވެ.
ރޯދަ ހިފުމުގެ ސަބަބުން ކިޑްނީއަށް ގެއްލުންވުމަކީ އެކަށީގެންވާކަމެއް ކަމުގައި ބައެއްމީހުން ހީކުރެއެވެ. ނަމަވެސް ރޯދަ ހިފުމަކީ ކިޑްނީއަށް ފައިދާކުރާ ކަމެކެވެ.
ދާއިމީ ކިޑްނީ ބަލި ނުވަތަ ސީކޭޑި ހުންނަށް މީހުން ރޯދަމަހު ހަނދުމަކުރަންޖެހޭ ބައެއް ކަންތައްތައް، ފެމިލީ މެޑެސިންއަށް ހާއްސަ ޑޮކްޓަރ،ު ޑރ. މަނާރް ކަރަމް ހިއްސާކުރެއްވިއެވެ.
- ޕްލާސްމާ ކްރިއަޓަނީން 30 ޕަސެންޓަށް ވުރެ މަތިވެއްޖެ ނަމަ ނޫނީ ސިރަމް ޕޮޓޭސިއަމް ނުވަތަ ސޯޑިއަމް ބަދަލުވެއްޖެނަމަ ރޯދަ ދޫކޮށްލުން
- ރޯދަވީއްލާ ވަގުތު ޕޮޓޭސިއަމް ގިނަ، ފޮސްފަރަސް އެކުލެވޭ ކާތަކެތި (މިސާލަކަށް ދޮންކެޔޮ، ނަޓްސްގެ ބާވަތްތައް) ކެއުމާއި ގިނައިން ފެން ބުއިން
-ޑައޭލިސިސް ކުރިއަށް ގެންދާ މީހުން ރޯދަ ހިފާއިރު ރަނގަޅަށް އިލެކްޓްރޯލައިޓްސް ހުންނަ މިންވަރު ބެލުން
-ރޯދަ ނުހިފާ ހުންނަ ވަގުތުތަކުގައި ގިނަގިނައިން ދިޔާއެއްޗެހި ބުއިން
ޑައިބީޓީޒް، އޮބެސިޓީ، ހައިޕަޓެންޝަން، ނުނީ އާއިލާތެރޭގައި ކިޑްނީ ބަލި ތަހައްމަލު ކުރަމުންދާނަމަ، ދާއިމީ ކިޑްނީ ބަލި ނުވަތަ ސީކޭޑި އަށް ސްކްރީން ކުރަންވާނެއެވެ. ޓްރީ ޓޮޕް ހޮސްޕިޓްލުން ދާއިމީ ކިޑްނީ ބަލި ނުވަތަ ސީކޭޑިއަށް ސްކްރީނިންގެ ހިދުމަތްތައް ފޯރުކޮށްދެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓްލްގެ ސީކޭޑީ ސްކްރީނިން ޕެކޭޖް -- ފޮޓޯ/ ޓްރީޓޮޕް
މި ސްކްރީނިންގެ ޕެކޭޖުގައި ހިމެނޭ ޓެސްޓްތަކަކީ:
ލޭ ޕްރެޝަރު ބެލުން
- ޔޫރިން ޓެސްޓް ކުރުން
- ކްރިއަޓަނީން ޓެސްޓް
- ޓެސްޓުތަކުގެ ރިޕޯޓް ނަތިޖާ ދެއްކުން
މި ސްކްރީނިން ޕެކޭޖުގެ ފުރިހަމަ އަގަކީ 150ރުފިޔާއެވެ.
ކުރީކޮޅުގައި ބަލި ދެނެގަނެވުމަކީ ދާއިމީ ކިޑްނީ ބަލި ނުވަތަ ސީކޭޑީގެ މައްސަލަ ކުޑަކޮށްދިނުމަށާއި ފަރުވާ ހޯދުމަށް މަގުފަހިވެގެންދާނެކަމެކެވެ.
ޓްރީޓޮޕްގެ ޚިދުމަތްތަކާ ބެހޭ އިތުރު މަޢުލޫމާތު 3351610 އަށް ގުޅުމުން ނުވަތަ[email protected]އަށް އީމެއިލް ކުރުމުން ލިބޭނެއެވެ.