މަދީނާގައި އިއްޔެ އުމްރާވެރިންނާއެކު ދަތުރުކުރަމުންދިޔަ ބަހެއް ފުރޮޅާލުމުގެ ސަބަބުން އަށް މީހަކު މަރުވެއްޖެއެވެ.

ސައުދީ ރެޑް ކްރެސެންޓާ ހަވާލާދީ އެގައުމުގެ އަލް ރިޔާދު ނޫހުގައިވާ ގޮތުން، ބަސް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ފުރޮޅާލީ މަދީނާގެ ހިޖްރާ ހައިވޭގައެވެ. އެވަގުތު ބަހުގައި 51 އުމްރާވެރިން ތިއްބެވެ.

އޭގެ ތެރެއިން 13 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބުނު ކަމަށާއި އެމީހުންނަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެ ހާދިސާގައި މަރުވި މީހުންގެ މައުލޫމާތު އަދި ހާމަކޮށްފައި ނުވާ ކަމަށް ސައުދީ ނޫސްތަކުގައިވެއެވެ.

ސައުދީން މިދިޔަ ހަފުތާގައި ނެރުނު ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި މައްކާއާއި މަދީނާއަށް 8.3 މިލިއަން މީހުން ޒިޔާރަތްކޮށްފައިވެއެވެ.