ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުމާލޭގެ ދެ ސަރަހައްދަކުން ދޫކުރަން ނިންމާފައިވާ ޕާކިން ސްލޮޓްތަކަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ ޕާކިން ސްލޮޓް ދޫކުރަން ނިންމާފައިވާނީ ހުޅުމާލޭ ފިތުރޯނު ޕާކިން އާއި އުނިމާ ޕާކިން ސަރަހައްދުންކަމަށެވެ. އެގޮތުން އުނިމާ ޕާކިން އިން 20 ސްލޮޓް އަދި ފިތުރޯނު ޕާކިން އިން 50 ސްލޮޓް ދޫކުރަން ވަނީ ހަމަޖެހިފައެވެ. އެ ސްލޮޓްތައް ދޫކުރަނީ ތިން މަސްދުވަހުގެ މުއްދަތަކަށެވެ.

ޕާކިން ސްލޮޓަށް އެދި ހުށަހަޅާ ބީލަން ފޯމުތައް ބަލައިގަންނާނީ އަންނަ ބުރާސްފަތި ދުވަހު 10:00އިން 11:00 އަށް އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައެވެ. އަދި ބީލަން ފޯމު ހުޅުވުން އޮންނާނީ ހަމަ އެދުވަހުގެ 11:15ގައި އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައެވެ.

ބީލަމަށް އެދި ހުށަހަޅާ ފޯމް އެޗްޑީސީގެވެބްސައިޓުންލިބޭނެއެވެ.