22 Apr 2022, 15:15
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު، ނުރަސްމީ ދަތުރުފުޅެއްގައި އަމިއްލަފުޅު ރަށް، ޅ. ހިންނަވަރަށް ފުރާވަޑައިގެންފިއެވެ.
ރައީސް ފުރާވަޑައިގެންނެވިކަން އިއުލާނު ކުރައްވާފައި ވަނީ، ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ކުރެއްވި ޓުވީޓަކުންނެވެ.
ނަމަވެސް މި ދަތުރުފުޅުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ނުދެއްވައެވެ.
އެންމެ ފަހުންވެސް ރައީސް ކުރައްވާފައި ވަނީ ނުރަސްމީ ދަތުރުފުޅެކެވެ. އެއީ މި މަހުގެ 14 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، މިދިޔަ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެވެ.
އެ ދަތުރުފުޅު ނިންމަލާލެއްވުމަށްފަހު ރައީސް އެނބުރި ގައުމަށް ވަޑައިގަތީ މިިދިޔަ ހޯދަ ދުވަހުއެވެ.
ރައީސް ވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު ސިންގަޕޫރުގައި ތައިރޮޑް އޮޕަރޭޝަނެއް ކޮށްފައެވެ.
އޮޕްރޭޝަނަށް ފަހު ރައީސް އެނބުރި މާލެ ވަޑައިގަތީ، މާޗް މަހުގެ ކުރީކޮޅުއެވެ.