ރަށްދެބައިމަގުގައި ހުރި ގަރާޖެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދައިފިއެވެ.

އެ ސަރަހައްދުގައި ހުރި "ސަން"ގެ ނޫސްވެރިޔާ ބުނީ ޖަމާލުއްދީން ސްކޫލް ކައިރި ހުންނަ، ގ. ނިއު ކޮލޮމްބިއާ ގޭގެ ގަރާޖު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އެންމެ ފުރަތަމަ އަލިފާން ރޯވީ އެ ގަރާޖުގެ އެތެރޭގައި ބަހައްޓާފައި ހުރި ސައިކަލެއްގައެވެ.

އެ ހާދިސާގައި އެ އިމާރާތުގެ ފުރަތަމަ ތިން ފަންގިފިލާ ވަނީ ވަރަށް ބޮޑަށް އަނދައިފައެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކެއް ވެސް ހިމެނެއެވެ.

އަލިފާން ރޯވި ސަރަހައްދަށް މީހުން އެއްވެފައި-- ސަން ފޮޓޯ: އާލިމް

ސިފައިން މިހާރު ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައެވެ. ނަމަވެސް މިހާރުވެސް ވަރަށް ބޮޑަށް ދުންއަރަމުން އެބަދެއެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭންގެއެވެ.

އަލިފާންރޯވި ގަރާޖު ކައިރި ޕާކްކޮށްފައި ހުރި ސައިކަލްތަކެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.

އެ ހާދިސާއާ ގުޅޭގޮތުން ސިފައިންގެ ބަހެއް އަދި ނުލިބެއެވެ.