ރައްޔިތުންގެ މަޖިލސް ހުޅުވުމަށްޓަކައި އިއްޔެ ބޭއްވި ޖަލްސާއަށް ހުރަސް އަޅަން އެމްޑީޕީން ނުކުމެ މާލޭގައި ހިންގި ހަމަނުޖެހުމުގެ ތެރޭގައި މިހާތަނަށް ހައްޔަރުކުރި މީހުންގެ ތެރެއިން 14 މީހަކު މަސްތުވާ ތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެމީހުން ޕޮޒިޓިވްވީ މަސްތުވާތަކެތީގެ ކޮން ބާވަތަކަށް ކަމެއް ވެސް އަދި އެއީ ކޮން ބައެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ. އިއްޔެގެ ހަމަނުޖެހުންތަކުގެ ހާދިސާތަކުގައި 64 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ ހާދިސާތަކުގައި ފުލުހުންގެ 11 މީހަކަށް އެކި ވަރުގެ އަނިޔާވެފާވާއިރު އެކެއްގެ ހާލު ސީރިއަސްވެފައިވާތީ އެމީހާ ވަނީ ބޭރަށް ފުރުވާލާފަ އެވެ.